ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމާއެކު ދިވެހި ވިޔަފާރިތަކަށް ޗައިނާގައި ތަކެތި ވިއްކުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ޗައިނާ-ރާއްޖެ އެފްޓީއޭއާއެކު ކުދި ވިޔަފާރިތަކާއި ކްރިއޭޓިވް ނުވަތަ އުފެއްދުންތެރި މަސައްކަތްކުރާ މީހުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ.
މި އެއްބަސްވުމަށް އަމަލުކުރަން ފަށާއިރު ޑިއުޓީ މައާފުވެގެންދާނެ ތަކެތީގެ ތެރޭގައި ކްރިއޭޓިވް މަސައްކަތްކުރާ މީހުން ބޭނުންކުރާ ބައެއް ތަކެތި ހިމެނެ އެވެ.
ތްރީޑީ ޕްރިންޓަރު
ލޭބަލް ޕްރިންޓަރު
ފޮޓޯގްރަފީ ސާމާނު
ގަހަނާ އުފެއްދުމަށް ބޭނުންކުރާ ސާމާނު
މީގެ އިތުރުން ޗައިނާއިން ރާއްޖެ އެތެރެކުރާ މަސްވެރިކަމުގެ ސިނާއަތާއި އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންކުރާ ގިނަ ބާވަތްތަކެއްގެ ޑިއުޓީ މައާފުވެގެންދާނެ އެވެ.
އެފްޓީއޭއާއެކު ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ ސީފުޑްގެ 296 ބާވަތަކުން ޑިއުޓީ މައާފުވާނެ އެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު މިހާރު އަހަރެއްގެ މައްޗަށް 700 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރެ އެެވެ.
ކޮމެންޓް