ހައިކޯޓުން
20 މިލިއަން ރުފިޔާ ދެއްކުމަށް ކޮށްފައިވާ ހުކުމް އެގޮތުގައި ދަމަހައްޓަން ސިވިލް ކޯޓުން ނިންމާފައި ވަނިކޮށް، ހައިކޯޓުން އެ ހުކުމް ތަންފީޒު ކުރުން ހުއްޓުވައިފި އެވެ.
މިފްކޯ އިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގައި މިފްކޯއަށް އަންގާފައިވަނީ 14 ދުވަހުގެ ތެރޭގައި 20.5 މިލިއަން ރުފިޔާ އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސްއަށް ދެއްކުމަށެވެ.
ޣައިރު ހާޒިރުގައި ކުރެވޭ ހުކުމްތައް މުރާޖައާ ކުރުމަށް ކޯޓުގައި އެދުމަށް އޮންނަ އުސޫލުގެ ދަށުން މިފްކޯއިން އެ ނިންމުން މުރާޖައާކޮށްދޭން ސިވިލް ކޯޓުގައި އެދުނެވެ. ނަމަވެސް އެ ހުކުމް ސިވިލް ކޯޓުން ދެމެހެއްޓީ އެވެ.
އެހެންކަމުން އެ މައްސަލަ ހިފައިގެން މިފްކޯއިން ދެން ދިޔައީ ހައިކޯޓަށެވެ. ހައިކޯޓުން ވަނީ އެ ކޯޓުން އެ މައްސަލަ ނިންމަންދެން އެ ހުކުމް ތަންފީޒު ކުރުން ހުއްޓުވާފަ އެވެ.
ހުކުމް ތަންފީޒު ކުރުން ހުއްޓުވުމަށް ހައިކޯޓުގެ މައްސަލަ ބަލައި ތިން ފަނޑިޔާރުންގެ އަމުރެއް މިއަދު އިއްވި އެވެ.
ކޮމެންޓް