ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ބާއްވާ އާޓް އެގްޒިބިޝަންގައި ބައިވެރިވާން ބާކީ 10 ދުވަސް!

ޕޯސްޓަރު

އާޓް އެގްޒިބިޝަންގެ ނަމަކީ "ޝޭޑްސް އޮފް މައިންޑް" އެވެ. އެގްޒިބިޝަންގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 25 ވަނަ ދުވަސް

ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އާޓް އެގްޒިބިޝަންގައި ބައިވެރިވާން ބާކީ 10 ދުވަހަށް ވެއްޖެއެވެ.

މި އާޓް އެގްޒިބިޝަންގެ ނަމަކީ "ޝޭޑްސް އޮފް މައިންޑް" އެވެ. އެގްޒިބިޝަންގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 25 ވަނަ ދުވަހެވެ.

އަންނަ ނޮވެމްބަރު މަހުގެ 12 އިން 17 އަށް ނެޝަނަލް އާޓް ގެލެރީގައި މި އެގްޒިބިޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު އާޓް އެގްޒިބިޝަންގައި ބައިވެރިވުމުގެ އުމުރުފުރައަކީ އުމުރުން 16 އަހަރާއި 35 އަހަރާއި ދެމެދުއެވެ.

ފަންނުވެރިންގެ މަސައްކަތްތައް ވިއްކައިގެން އާމްދަނީ އެފަރާތްތަކަށް ލިބިގެންދާއިރު އެގްޒިބިޝަންގެ ތާރީހުތަކުގައި އާޓް ގެލެރީއަށް ހިލޭ ވަދެވޭނެއެވެ.

ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މިނިސްޓްރީގެ ފަރާތުން އާޓް އެގްޒިބިޝަނެއް ހުޅުވާލުމުގެ މައިގަނޑު މަގްސަދަކީ، ފަންނުވެރިކަމުގެ ތެރެއިން ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ގެނެސްދިނުމެވެ.

އެގްޒިބިޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މިހާރު އެ މައުލޫމާތު ލިބޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު އެގްޒިބިޝަނުގެ ތަފްސީލް ހިމެނޭ ގައިޑްލައިން ވަނީ ހިމަނައިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.