1-2 މެންޗެސްޓަރ ސިޓީ ބަލިވެއްޖެ

އެސްޓަން ވިލާ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ސިޓީ ބަލިވެއްޖެ އެވެ.

ސިޓީގެ މައްޗަށް އެސްޓަން ވިލާއިން ހޯދި ކާމިޔާބީ އާއިއެކު އެ ޓީމުން ލީގުގައި ކުޅުނު 17 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު ވަނީ ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ. ސިޓީ އަށް 17 މެޗުން ލިބިފައިވާ 27 ޕޮއިންޓާއެކު މިހާރުވަނީ 6 ވަނަ އަށް ވެއްޓިފަ އެވެ.

މި މެޗުން ބަލިވުމާއެކު ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން, މެންޗެސްޓަރ ސިޓީ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން 9 މެޗުން ވަނީ ބަލިވެފަ އެވެ. އަދި ރަށުން ބޭރުގައި ކުޅުނު 8 މެޗުންވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.

މިދިޔަ ހަފްތާގައި މެންޗެސްޓަރ ޔުނައިޓެޑް އަތުން ސިޓީ ބަލިވި މެޗަށް ނިކުތް ޓީމަށް ކޯޗު ޕެޕް ގަޑިއޯލާ ވަނީ ހަ ބަދަލެއް ގެނެސްފަ އެވެ. ނަމަވެސް ސިޓީއަށް މި މެޗުގައިވެސް އެދެވޭ ނަތީޖާއެއް ހޯދޭ ގޮތް ވަނީ ނުވެފަ އެވެ.

މި މެޗުގެ ފުރަތަމަ މިނިޓުގައިވެސް ސިޓީގެ ޑިފެންޑަރ ގްވަޑިއޯލް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އެސްޓަން ވިލާގެ ޑުރާން އަށް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބި ބޭކާރުވެފަ އެވެ. އަދި ސިޓީގެ ފިލް ފޯޑެން ފޮނުވާލި ނުރައްކާތެރި ހަމަލާ ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ދިފާއުކޮށްފަ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.