އެސްޓޯނިއާއަށް ކުރައްވާ ދަތުރުފުޅުގައި ރައީސް މުއިއްޒު އަދި ފޮރިން މިނިސްޓަރު ހަލީލް
ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތު ބަދަލެއް ނުވާކަމަށާއި، އދ ގައި ރާއްޖެއިން ވޯޓު ދެމުންދާގޮތަށް ބަލާލުމުން އެކަން ސާފުވެގެންދާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ރަޝިއާއިން ހަމަލާދޭން ފެށުމާއި ގުޅިގެން ފެށުނު ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި ދިވެހިރާއްޖެއިން މިހާތަނަށް ވަކި ކޮޅެއް ނަގާފައެއް ނުވެއެވެ. ނަމަވެސް އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުން ކުރި ޕޯސްޓުގައި ރާއްޖޭގެ ތާއީދު ޔޫކްރެއިންއަށް އޮތް ކަން ހާމަވުމާއެކު ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ފާޑުކިޔާފައެވެ.
މިކަމާ ގުޅިގެން މިނިސްޓަރު ހަލީލު ވިދާޅުވީ ކުދި ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާ ފަދަ ހާލަތްތަކުގައި ރާއްޖެއިން އަބަދުވެސް ނަގަނީ ޕްރިންސިޕަލް ސްޓޭންޑެއް ކަމަށާއި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތު ބަދަލު ނުވާކަމަށެވެ.
ހަލީލް ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެގެން ވަނީ އެއްވެސް ގައުމަކާ ހަތުރުވެރި ނުވެ، ދިވެހި ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭ ގޮތަށް ކަމަށާއި، ހުރިހާ ގައުމަކާ އެކީ ވެސް ގާތް ގުޅުން ބޭއްވުމުގު މައްޗަށް ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރަޝިޔާއަކީ ދިވެހިރާއްޖޭގެ ޓޫރިޒަމްގެ މުހިންމު މާކެޓެކެވެ.
ކޮމެންޓް