ވައްކަމުގެ ވާހަކަ އެޗްޑީސީ އިން ދޮގުކޮށްފި

އެޗްޑީސީ

ބައެއް ބިންތައް ބިޑް އުސޫލާ ހިލާފަށް ވިއްކާފައިވާ ކަމަށް ކުރާ ތުހުމަތުތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގުކޮށްފި އެވެ.

އެޗްޑީސީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެއިން ބިން ވިއްކާފައިވަނީ އާންމުކޮށް އިއުލާނުކުރުމާއެކު ހުޅުވާލެވިފައިވާ ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ކަމަށެވެ.

ބިން ގަތުމުގެ ފުރަތަމަ މަރުހަލާއަކީ ކަނޑައެޅޭ ބިމަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުންކަން ފާހަގަކޮށް އެޗްޑީސީ އިން ބުނީ އެއަށްފަހު އީއޯއައި ހުށަހެޅި ފަރާތްތަކަށް ބިޑް ކުރުމަށް ހުޅުވާލެވޭނެ ކަމަށެވެ.

އެޗްޑީސީ އިން ބުނި ގޮތުގައި ބިން ގަތުމަށް އީއޯއައި ހުށަހެޅޭނީ އިއުލާނުކޮށްފައިވާ ބިމުގެ ބޭސް ރޭޓަށްވުރެ ދަށް ނޫން އަގެއްގަ އެވެ. ބޭސް ރޭޓްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެ ކޯޕަރޭޝަންގެ ބޯޑް އޮފް ޑައިރެކްޓަރުން އެންޑޯޒް ކޮށްފައިވާ ރޭޓް ކަމަށްވެސް އެޗްޑީސީން ބުނެފައިވެ އެވެ.

މި ގޮތުން އުސޫލުގެ ދަށުން އެޗްޑީސީ އިން ވިއްކާފައިވާ ބައެއް ބިންތަކުގެ ތަފުސީލުވެސް އެ ނޫސްބަޔާނުގައި ވަނީ ހިމަނާފަ އެވެ.

އެޗްޑީސީގެ ބަޔާނުގައި ވަނީ އެ ކޯޕަރޭޝަނުން ވިއްކާފައިވާ ބިންތަކާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.