ބިމާއި ފްލެޓް ދޫކުރާ ސްކީމާ ގުޅޭ އަވަސް ތަހުގީގެއް ފަށައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން

ގެދޮރުވެރިޔާ" ސްކީމާގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހްންނާއެކު މަޝްވަރާކޮށް އަވަސް ތަހުގީގެއް ހިންގަމުންދާ ކަމަށް އޭސީސީ އިން ބުނެފިއެވެ.

އޭސީސީން ބުނީ، މި ތަހުގީގު ހިންގުމަށް ދިވެހި ފުލުހުންގެ ހިދުމަތަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް އިން ވަނީ އަމުރުކޮށްފައި ކަމަށެވެ. އެއާއެކު އަވަސް ތަހުގީގެއް ހިންގަމުން އަންނަ ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގޯތިިތަކެއް ދިން މައްސަލައިގައި އެޗްޑީސީގެ ލިޔެކިޔުންތަކެއް ފޯޖުކޮށް ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތިތަކެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކޮށްފައިވާ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފައެވެ.

މި ތަހުގީގާ ގުޅިގެން މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވެސް ފުލުހުން ވަނީ ނިންމާފައެވެ. މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިރޭ 9 ޖަހާއިރުއެވެ.

މި މައްސަލަ އާއި ގުޅިގެން ތުހުމަތުވާ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ސަސްޕެންޑްކޮށް އަދި ބޯޑުން ވެސް، އޭނާ ވަނީ ވަކިކޮށްފައެވެ. އެންމެ ފަހުން އެޗްޑީސީގެ ޗެއާމަން ކަމަށް އައްޔަންކުރި އަހްމަދު ނާސިފް (ޑީޑީ) ފިޔަވައި ހުރިހާ ބޭފުޅުން މިއަދު ވަނީ ސަސްޕެންޑްކޮށްފައެވެ.

ބޯޑު ސަސްޕެންޑްކޮށްފައި ވާއިރު އައިޓީ ކޮންސަލްޓެންޓް އަބްދުﷲ ޝުހޫދާއި ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން އަދި ރިއަލްއެސްޓޭޓް ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން ވެސް ސަސްޕެންޑުކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.