އެންޗެލޮއްޓީ ބޭނުންވަނީ އިތުރު ތަށްޓަކާއެކު އަހަރު ނިންމާލަން

ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮއްޓީ

2024 ވަނަ އަހަރު ނިންމާލަން ބޭނުންވަނީ އިތުރު ތަށްޓެއް ކާމިޔާބުކޮށްގެން ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮއްޓީ ބުނެފި އެވެ.

ފީފާ އިންޓަރކޮންޓިނެންޓަލް ކަޕްގެ ފައިނަލުގައި މިރޭ މެކްސިކޯގެ ޕަޗޫކާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ނިކުންނައިރު އެ ޓީމުން ވަނީ މި އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގާއި ސްޕެއިންގެ ލަލީގާ ގެ އިތުރުން ސްޕެނިޝް ކަޕް ކާމިޔާބުކޮށްފަ އެވެ.

ފައިނަލުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ނިކުންނަ ޕަޗޫކާ ފައިނަލުން ޖާހަ ހޯދާފައިވަނީ މިސްރުގެ އަލް އަހުލީ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައިވާތީ ޕެނަލްޓީ ޖަހައިގެން 6-5 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ކުރިން ފީފާ އިން ހާމަކޮށްފައިވާ ވީޑިއޯ އެއްގައި ރެއާލް މެޑްރިޑްގެ ކީޕަރު ޓިބާ ކޯޓުއާ ބުނެފައިވަނީ ރެއާލް މެޑްރިޑްގެ ހުރިހާ ކުޅުންތެރިންވެސް ތިބީ މި މެޗު ކާމިޔާބުކޮށް ދުނިޔޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ކްލަބަކީ ރެއާލް މެޑްރިޑްކަން ސާބިތު ކުރުމަށް ތައްޔާރަށް ކަމަށެވެ.

ފީފާގެ އިންޓަރކޮންޓިނެންޓަލް މުބާރާތްތަކުގައި އެންމެ ރަގަޅު ނަތީޖާތަކެއް ހޯދާފައިވާ އެއް ކްލަބް ކަމުގައިވާ ރެއާލް މެޑްރިޑް އިން ވަނީ މި މުބާރާތް ފަސް ފަހަރު މަތިން ކާމިޔާބުކޮށްފަ އެވެ. މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބު ކޮށްފައިވަނީ އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ އެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.