އަމީން ވާހަކަފުޅު ދައްކަވަނީ
ނޭޝަނަލް އެމަޖެންސީ ސާވިސްއިން ދެމުން އަންނަ ހިދުމަތާއި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވަން ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަންސް އޮފް އިންޓްރަސްޓް (އީއޯއައި) ހުށަހަޅަން ހުޅުވާލާފަ
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.
ގެޒެޓުގައި އިއްޔެ ކުރި އިއުލާނެއްގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނޭޝަނަލް އެމަޖެންސީ ސާވިސްއިން ދެމުން އަންނަ ހިދުމަތާއި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވަން ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަންސް އޮފް އިންޓްރަސްޓް (އީއޯއައި) ހުށަހަޅަން ހުޅުވާލާފައެވެ.
މިނިސްޓްރީން ބުނެފައިވަނީ، މި ހިދުމަތް ދިނުމަށް ބަޔަކު ހޯދަނީ 10 އަހަރުގެ މުއްދަތަށް ކަމަށެވެ.
އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 19 ގެ ކުރިން ހުށައެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިނގިރޭސިބަހުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
ކޮމެންޓް