އަލިފާނުގެ ހާދިސާއާ ގުޅިގެން އީޕީއޭ އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ މަސައްކަތްތައްވެސް ހުއްޓުމަަކަށް

މ. ގްރީން ބިލްޑިންގްގައި ރޯވި އަލިފާންގަނޑު ވަނީ މިހާރު އެއްކޮށް ނިއްވާލާފައި

މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދެމުން އަންނަ ހިދުމަތްތައް ވެސް މެދުކަނޑާލަން ޖެހިއްޖެ އެވެ.

އީޕީއޭ އިން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ އެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ އެޖެންސީން ދެމުން އައި ހިދުމަތްތައް މެދުކަނޑާލަން ޖެހިފައިވާ ކަމަށެވެ. އަދި ހިދުމަތްތައް އަލުން ފަށާނެ ވަކި ތާރީހެއް ހިއްސާ ނުކޮށް އީޕީއޭއިން ބުނީ ހިދުމަތްތައް އަލުން ފެށުމާ އެކު އާންމުކޮށް އަންގާނެ ކަމަށެވެ.

އަދި ތިމާވެއްޓާއި ބެހޭ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ހާދިސާގައި އެ އޮފީހުގެ އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ނުލިބުނު ނަމަވެސް އަލިފާނުގެ ސަބަބުން އެ އޮފީހުން ދެމުން އައި ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިފައިވާ ކަމަށެވެ.

މިއަދުގެ ހެނދުނުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ރަޖިސްޓްރޭޝަނާ ބެހޭ ބައި ހުންނަ މ. ގްރީން ބިލްޑިން ކޮމްޕްލެކްސްގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ވަނީ އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.

ހެދުނު 7 ޖަހާކަންޖާއިރު ރޯވި އެލިފާންގަނޑު ފެތުރި އެ ކޮމްޕްލެކްސްގެ ތެރޭގައި ހުންނަ ހުރިހާ އޮފީހަކަށް އަލިފާނުގެ އަސަރު ކޮށްފައިވާއިރު އަލިފާންގަނޑު ނިއްވާލެވުނީ 4 ގަޑިއިރަށްފަހު އެވެ. އަލިފާނުގެ ހާދިސާ އާއި ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީން ދެމުން ގެންދިޔަ ހިދުމަތްތައް މިހާރު ވަނީ މެދު ކަނޑާލާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.