‎ހުތުބާގާ ގަވައިދުން ކިޔާތީ އިވޭ ދިވެހިރާއްޖޭގެ މަސްވެރި ކަމުގައި ބަރަކާތްލައްވާ ތިޔާގިކުރައްވާފާންދޭ ،މިހާރު ނުކިޔާ : ވައްޑޭ

ވަހީދު

ރައްޔިތުން ނުކުމެ އަސްލު ރައީސް ޑރ.މުހައްމަދު މުއިއްޒު ހޯދައި، ޖަވާބުދަރީ ކުރުވަންޖެހޭ ކަމަށް ދަ ޑިމޮކްރެޓްސްގެ ލާމަރުކަޒީ ކޮމިޓީގެ ޗެއަރ މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ދަ ޑިމޮކްރެޓްސްއިން ބޭއްވި ޖަލްސާގައި ވަހީދު ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ. ވަހީދު ވިދާޅުވީ އަސްލު ރައީސް މުއިއްޒު މިހާރު އޮޅިއްޖެ ކަމަށާއި، އެކި ދުވަހު ރައްޔިތުންނަށް ދައްކަމުންދަނީ އެކި ކުލަވަރު ކަމަށެވެ. ރާއްޖެއަށް އެއް ޝަހުސިއްޔަތެއް ގެންގުޅޭ ރައީސްއެއް ބޭނުންވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ޖަވާބުދާރީ ކުރުވަންޖެހޭކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ އެ މަސައްކަތް ނުކޮށް އަމާންކަމާއެކު ނިދަން ތިބެވެން ނެތް ކަމަށެވެ. އަދި މިގައުމު މިގެންދަނީ ރަނގަޅު މިސްރާބަށްތޯ ބަލައި، ކަށަވަރުކުރަންޖެހޭ ކަމަށް ވަހީދު ވިދާޅުވިއެވެ.

“ މަސްވެރިކަން ވަޅުލުންނޫން ކަމެއްނުވި މިސަރުކާރުން ،މީގެ ކުރިން ހުކުރުދުވަހު ހުތުބާގާ ގަވައިދުން ކިޔާތީ އިވޭ ދިވެހިރާއްޖޭގެ މަސްވެރިކަމާއި އެންވެރި ކަމުގައި ބަރަކާތްލައްވާ ތިޔާގިކުރައްވާފާންދޭ ،މިހާރު ނުކިޔާ !!! މަސްވެރިކަން ތިޔާގިވެއްޖެއާ ނުކިރިދާނެނުން ،ތިޔާގިވެއްޖެއާ ފައިސާ ނުދެވޭނެނުން ، ދެވޭނެގޮތެއް އަދިނެއްކަމަށް “ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި، ފަހަތަށް ނުޖެއްސޭނެ ކަމަށެވެ. އަދި ވިދާޅުވީ ބިރު ދެއްކުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށާއި، ދާނީ ބާރަށް ކުރިއަށް ކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.