އާރްޑީސީގެ ހަރަދު މަހެއްގެ މައްޗަށް 20 މިލިއަނަށް ކުޑަކުރެވިއްޖެ: އަލީ ޒުހައިރު

އަލީ ޒުހައިރު

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އާރުޑީސީ) ރިފޯމް ކުރުމަށް މި ސަރުކާރުން ކުރި މަސައްކަތުން މަހެއްގެ މައްޗަށް 18 މިލިއަނާއި 20 މިލިއަނާ ދެމެދުގެ އަދަދަކަށް ހަރަދު ކުޑަކުރެވިފައިވާކަމަށް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ހަފްތާ 52 ޕްރޮގްރާމްގައި އަލީ ޒުހައިރު ވަނީ މި ސަރުކާރުން އާރުޑީސީ ރިފޯމްކޮށް، ހަރުދުކުޑަކޮށް ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލު ހާމަކޮށްފައެވެ. އެގޮތުން އޭނާ ވިދާޅުވީ ކުންފުންޏާ ހަވާލުވެ އެންމެ ފުރަތަމަ މަސައްކަތް ފެށީ ކުންފުނި އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކޮށްލެވޭނެ ގޮތްތަކެއް ހޯދުމަށްކަމަށެވެ. އެގޮތުން ކުންފުނީގެ ބޯޑާއި ޕީސީބީއާއި މަޝްވަރާކުރެވިގެން ކުންފުނި ރިޕޯމް ކުރުމުގެ މަސައްކަތް ފެށިކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ޒުހައިރު ވިދާޅުވީ ކުންފުނި ރިފޯމް ކުރުމުގެ މަސައްކަތުގެ ދަށުން ކުރި އެންމެ މުހިންމު އެއްކަމަކީ ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރުންކަމަށެވެ. އެގޮތުން ކުންފުންޏަށް ތަކެތި ގަންނާނެ ވަކި އަގުތަކެއް ކަނޑައެޅިގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުންފުނީގެ އިތުރު ގަޑި ލިބޭ ގޮތުގެ ކޮންޓްރޯލް މެކޭނިޒަމެއް ކަނޑައެޅިގެން ދިޔަކަމަށާއި ކުންފުންޏަކީ ރަސްމީކޮށް 6 ދުވަހު މަސައްކަތްކުރާ ކުންފުންޏެއްގެ ގޮތުގައި ބަދަލުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް އަލީ ޒުހައިރު ވިދާޅުވީ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ހުއްޓިފައިވާ 17 ޕްރޮޖެކްޓެއް މިހާރު ފަށައިގެން ކުރިއަށްދާކަށާއި އިތުރު 10 ޕްރޮޖެކްޓެއްގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.