އިމިގްރޭޝަންގެ އޯޕަން ޑޭ މާދަމާ ބާއްވަން ނިންމައިފި

އިމިގްރޭޝަން

ގިނަ ޚިދުމަތްތަކެއް ލިބޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ބުދަ ދުވަހުގެ ހެނދުނު އެ މުއައްސަސާގެ އޯޕަން ޑޭ ބާއްވަން ނިންމައިފިއެވެ.

އެ މުއައްސަސާގެ އޯޕަން ޑޭ ބާއްވަން ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އާ ދެމެދު ކަމަށެވެ. އޯޕަން ޑޭ ބާއްވަނީ ވެލާނާގެ ފުރަތަމަ ފަންގިފިލާގައެވެ.

އިމިގްރޭޝަންގެ ޚިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި ޚިދުމަތްތަކާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަވެސް އަދި ރަނގަޅު ކޮށްލަން ޖެހޭ ކަމެއް އޮތްނަމަވެސް އަދި މިހާރުދޭ ޚިދުމަތަކާ ގުޅޭގޮތުން ފީޑްބެކްއެއް ދޭން ބޭނުންވާ ނަމަ އެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ.

މުއައްއްސަސާތަކުގެ އެކިއެކި ޑިޕާޓްމަންޓުތަކުގެ ވެރިންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބިގެންދާއިރު، ކަންކަމާ ގުޅޭގޮތުން އެ ފަރާތްތަކާ ވާހަކަދައްކަން ބޭނުންވާނަމަ އެ ފުރުސަތު ވެސް ލިބޭނެކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ހަމައެހެންމެ، އެއްވެސް ކުށެއް ރިޕޯޓުކުރަން ބޭނުންވާނަމަ އެކަން ވެސް އޯޕަން ޑޭގެ ތެރެއިން ކުރެވޭނެކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. އިމިގްރޭޝަނުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ގުޅޭގޮތުން ވެސް ގިނަ މައުލޫމާތުތަކެއް، އޯޕަންޑޭގެ ތެރެއިން ލިބޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.