ޕޮލިޓެކްނިކުން ގައްދޫގައި އަތްތެރިމަސައްކަތްތަކާއި ގުޅޭ ކޯސްތައް ފަށަނީ

މައުރަޒެއް

ކަނޑައަޅާ ރަށްރަށުގައި ދަނާލުތައް ބިނާކޮށް ރަށްރަށުގައި ތިބެގެން އެކި ދާއިރާތަކުން މީހުން ބިނާކުރުމަކީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް

މޯލްޑިވިސް ޕޮލިޓެކްނިކްގެ ގދ.ގައްދޫ ކެންޕަސްގައި އަތްތެރި މަސައްކަތްތަކާއި ގުޅޭ ކޯސްތަށް ފެށުމަށް ޕޮލިޓެކްނިކުން ތައްޔާރުވަމުން އަންނަކަމަށް ޕޮލިޓެކްނިކުން ވިދާޅުވެއްޖެއެވެ.

ދާދިފަހުން ގދ. ގައްދޫ އަދި ގއ. ވިލިގިއްޔަށް ޕޮލިޓެކްނިކުން ވަނީ ޒިޔާރަތެއް ކޮށްފައެވެ. މި ޒިޔާރަތުގައި އެރަށްތަކުގެ ކައުންސިލްތަކާއި އ.ތ،މ، ކޮމެޓީތަކުގެ އިތުރުން ޖަމިއްޔާތަކާއި އާންމުންނާއި ބައްދަލު ކުރައްވާ، އެ ރަށްތަކުގެ ކެމްޕަސްތަކުގައި ކުރިޔަށް ގެންދާނެ ކޯސްތަކާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާ، ހިޔާލު ބަދަލު ކުރައްވާފައެވެ.

މި ބައްދަލުވުންތަކުގެ ތެރެއިން އެރަށްތަކުގައި ތިބި ތަފާތު ދާއިރާތަކުގެ ފަންނުވެރިން ދެނެގަނެ އެފަރާތްތަކާއިއެކު މަޝްވަރާކޮސްފައިވެއެވެ.

"ލިޔެލާޖެހުމާއި، ކަސަބުން ބޯވަޅުއެޅުން ފަދަ ނެތެމުންދާ ސަޤާފީ ފަންނުވެރިކަން ދިރުވުމަށް އަމާޒުކޮށް، ގދ. ގައްދޫގައި އަތްތެރިމަސައްކަތްތަށް ކުރަމުންދާ ފަރާތްތަކާއި އެބޭފުޅުންނާއި ގުޅިގެން، އެ ދާއިރާގެ ކޯސްތަށް، އެ ރަށުގެ ޕޮލިޓެކްނިކް ކެމްފަސްގައި ކުރިއަށް ގެންދިޔުމާމެދު މަޝްވަރާކުރިން، އެބޭފުޅުން ތިއްބެވީ އެ ހުނަރުތައް އުގަންނަވައިދެއްވަން ތައްޔާރަށް." އ.ތ.މ ކޮމިޓީން ވިދާޅުވިއެވެ.

ދިވެހި ޒުވާނުންގެ ޝައުގުވެރިކަމާއި ހުނަރުވެރިކަން ހުރި ގިނަ ދާއިރާތައް"ދިވެހިންނަށް ޚާއްސަ" މަސައްކަތްތަކެއްގެ ގޮތުގައި އެކަށައެޅުމާއި، ކަނޑައަޅާ ރަށްރަށުގައި ދަނާލުތައް ބިނާކޮށް ރަށްރަށުގައި ތިބެގެން އެކި ދާއިރާތަކުން މީހުން ބިނާކުރުމަކީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެހެންކަމުން އެކަންކަން ހާސިލްކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކުން އަންނަނީ ކަމާއި ގުޅުންހުރި އިދާރާތަކާއިއެކު ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.