އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކު އައުކުރުމަށް އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

ސޮއިކުރުމަށްފަހު

މަޝްރޫޢުގެ ސަބަބުން ދެ ސިޓީގެ ފަތުރުވެރިކަމަށާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ވަޒީރު ވިދާޅުވި

އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކު އައުކުރުމުގެ މަސައްކަތަށް މަގުފަހިކުރުމަށްޓަކައި އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެމް.އޯ.ޔޫގައި ސޮއިކުރީ ސަރުކާރާއި، ޔޫ.އެން.ޑީ.ޕީ އަދި އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލަކު ސިޓީ ކައުންސިލުންނެވެ.

މި މަޝްރޫޢަކީ ގްލޯބަލް ފަންޑް ފޯ ކޯރަލް ރީފްސް (ޖީ.އެފް.ސީ.އާރު) އިން ފަންޑުކޮށްގެން ހިންގާ މޯލްޑިވްސް ޕްރީފް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކު އައުކޮށް، ތަރައްޤީކުރުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠާރިޤު ވިދާޅުވީ، އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމުގެ މުހިންމުކަން އިތުރަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ދެ ސިޓީގެ ފަތުރުވެރިކަމަށާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން އައްޑޫ އަދި ފުވައްމުލަކުގެ ގުދުރަތީ ރީތިކަން އިތުރަށް ފާހަގަކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.