ޖޯޖް ސިޓީގައި ހުރި އިމާރާތެއް ވެއްޓުނުތާ 116 ގަޑިއިރު ފަހުން ދިރިހުރި މީހަކު ފެނިއްޖެ

ޖޯޖް ސިޓީގައި ހުރި އިމާރާތެއް ވެއްޓުނުތާ 116 ގަޑިއިރު

ދެކުނު އެފްރިކާގެ ކޭޕް ޓައުންގެ އިރުމަތީގައި އޮންނަ ޖޯޖް ސިޓީގައި ހުރި އިމާރާތެއް ވެއްޓުނުތާ 116 ގަޑިއިރު ނުވަތަ ފަސް ދުވަސް ފަހުން ދިރިހުރި މީހަކު އެތަނުގެ ދަށުން ސަލާމަތްކޮށްފިއެވެ.

އެ މީހާ ސަލާމަތްކުރުމާ ގުޅިގެން ހުޅަނގު ކޭޕްގެ ވެރިޔާ އެލަން ވިންޑޭ ވިދާޅުވީ އެއީ ބޮޑު އަޖައިބެއް ކަހަލަ ކަމެއް ކަމަށެވެ.

މީހުން ސަލާމަތްކުރުމުގައި އުޅޭ އިސްވެރިޔާ ކޮލިން ޑައިނާ މީހުން ހޯދުމުގެ އޮޕަރޭޝަންތައް ކުރަމުން ދަނިކޮށް އިމާރާތުގެ ތެރޭގައި މީހަކު އުޅޭހެން ހީވެގެން ބެލި ބެލުމުން ދިރިހުރި މީހަކު ފެނުމުން އޮޕަރޭޝަންތައް ވަގުތުން ހުއްޓުވިއެވެ.

އޭނާ އެތަނުން ސަލާމަތްކުރުމަށްފަހު އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

އޮފިޝަލުން ބުނި ގޮތުގައި ހަދަމުން ދިޔަ ފަސް ބުރީގެ އެ އިމާރާތް ވެއްޓުނު ސަބަބެއް ސާފެއްނުވެއެވެ. އިމާރާތް ވެއްޓުނުއިރު އެތަނުގައި 81 މީހުން ތިއްބެވެ.

އޭގެ ތެރެއިން 13 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، 29 މީހަކު ވަނީ ދިރިތިއްބާ ފެނިފައެވެ. އިތުރު 39 މީހެއްގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް އޮފިޝަލުން ބުނެއެވެ. މީހުން ސަލާމަތްކުރުމުގެ އުޅޭ މީހުން އަންނަނީ އިތުރު މީހުން ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.