ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމުގައި ދިވެހިންގެ ސުލްޙަވެރި، އޮމާން ދިވެހި ގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރި: ރައީސް ޑރ. މުޢިއްޒު

ރައީސް ބިލު ތަޞްދީޤުކުރައްވަނީ

ފަތުރުވެރިކަމުގެ ބިންގަލަކީ، މިތުރުވެރިކަމާއި، އެކުވެރިކަމާއި، ހިތްހެޔޮކަމާއި އަމާންކަމާއި ރައްކާތެރިކަން ކަމުގައި ވިދާޅުވި

ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމުގައި ދިވެހިންގެ ސުލްޙަވެރި، އޮމާން ދިވެހިގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، އެ މަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހިއްސާކުރެއްވި މެސެޖެއްގައެވެ.

އެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަތުރުވެރިކަމުގެ ބިންގަލަކީ، މިތުރުވެރިކަމާއި، އެކުވެރިކަމާއި، ހިތްހެޔޮކަމާއި އަމާންކަމާއި ރައްކާތެރިކަން ކަމުގައި ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކޮށްފައިވަނީ 2022 ވަނަ އަހަރުގައެވެ. އެ ދުވަސް ފާހަގަކުރަނީ 1972 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު، "ކުރުނބާ ވިލެޖް"ގެ ނަމުގައި، މާލެއަތޮޅު ވިހަމަނާފުށީގައި ރާއްޖޭގެ ފުރަތަމަ ރިޒޯޓް ހުޅުވި ދުވަހާ ގުޅުވައިގެންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.