ދަސްވެނިމުމެއްގެ ތެރެއިން
ފުރަތަމަ ޑިގްރީ، ސްކޮލަރޝިޕް ސްކީމް އަދި ސްޓޫޑަންޓް ލޯނު ސްކީމްގެ ދަށުން މި ދަރިވަރުންގެ މަތީ ތަޢުލީމާއި ތަމްރީނަށް ޖުމްލަ 689،663،352 ރުފިޔާ ވަނީ ޚަރަދުކުރެވިފަ
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ވަނީ މި އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 13،866 ދަރިވަރުންނަށް މަލީ އެހީފޯރުކޮށްދީފިއެވެ.
ފުރަތަމަ ޑިގްރީ، ސްކޮލަރޝިޕް ސްކީމް އަދި ސްޓޫޑަންޓް ލޯނު ސްކީމްގެ ދަށުން މި ދަރިވަރުންގެ މަތީ ތަޢުލީމާއި ތަމްރީނަށް ޖުމްލަ 689،663،352 (ހަސަތޭކަ އައްޑިހަ ނުވަ މިލިޔަން ހަސަތޭކަ ފަސްދޮޅަސް ތިންހާސް ތިންސަތޭކަ ފަންސާސް ދޭއް) ރުފިޔާ ވަނީ ޚަރަދުކުރެވިފައެވެ.
މި ސްކީމްތަކުގެ އިތުރުން ވެސް މަތީ ތަޢުލީމުގެ ފުރުޞަތުތަށް ދިވެހިރާއްޖޭގެ ދަރިވަރުންނަށް ފަހިކޮއްދިނުމަށް އަމާޒުކޮށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން، އެގޮތުން މިހާރުވެސް ޖަޕާނު، ތުރުކީ، މެލޭޝިޔާ، ޗައިނާ އަދި އިނގިރޭސިވިލާތް ފަދަ އެތަށް ޤައުމެއްގެ އެންބަސީތަކާއި، ޔުނިވާސިޓީތަކުގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައި، އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ސްކޮލަޝިޕް ފުރުޞަތުތަކާއި ގުޅޭ އެއްބަސްވުންތަކުގައި އަންނަނީ ސޮއިކުރަމުންނެވެ.
ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ބިނާކޮށް، ތަފާތު އެކި ދާއިރާތަކުގައި ފަޒީފާ ޢަދާކުރުމުގެ ފުރުޞަތު ހޯދައިދިނުމަކީ ރަޢީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ސަރުކާރުގެ މި ސިޔާސަތުގެ ދަށުން މަތީ ތަޢުލީމު ހާޞިލުކުރުމަށް ބޭނުންވާ މާލީ އެހީ ފޯރުކޮއްދިނުމާއި، މަސައްކަތްތެރިކަމުގެ ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމުގެ އެތަށް މަސައްކަތެއް މިނިސްޓްރީ އިން ކުރިއަށް ގެންދެއެވެ. އެގޮތުން، ލޯނު ސްކީމް، ފުރުތަމް ޑިގްރީ އަދި ސްކޮލަޝިޕް ސްކީމްތަކާއި ގުޅޭ އިދާރީ މަސައްކަތްތަކާއި، ބޭރު ޤައުމުތަކުގެ އެންބަސީ އަދި ޔުނިވާސިޓީތަކާއި ބައްދަލުކުރައްވައި، ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް ކުރެވެން ހުރި ކަންކަން ދެނެގަނެ އެކަންކަމާއިމެދުވެސް މިނިސްޓްރީން އަންނަނީ މަޝްވަރާކުރަމުންނެވެ.
ކޮމެންޓް