ހިތުގެ ދުވަސް ފާހަގަކުރުމަށް ބައިސްކަލް، ސްކޭޓް އަދި ސްކޫޓަރ ދުއްވުމުގެ ހަރަކާތެއް ބާއްވައިފި

ވަޒީރު ޚަލީލް ބައިސްކަލު ދުއްވަނީ

މަޤްޞަދަކީ ބައްޔަށް ހުށަހެޅޭ މީހުންގެ މެދުގައި ދިރިއުޅުމުގެ ވައްޓަފާޅިބަދަލުކޮށް ކެއިން ބުއިމުގެ އާދަތަކާއި ހެލިފެލިވެ އުޅުމުގެ މުހިންމުކަމަށް ހޭލުންތެރިކުރުވުން

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބައިސްކަލް، ސްކޭޓް އަދި ސްކޫޓަރ ދުއްވުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

މި ދުވަސް ފާހަގަކުރުމަށް ސެންޓްރަލް ޕާކްގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި ބޭއްފުޅެއްކަމުގައިވާ ޑޮކްޓަރ އަބުދުސައްތާރު ޔޫސުފް އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ އަބުދުﷲ ޚަލީލް ބައިވެރިވަޑައިގެންނެވިއެވެ.

މި ހަރަކާތުގެ މަޤްޞަދަކީ ބައްޔަށް ހުށަހެޅޭ މީހުންގެ މެދުގައި ދިރިއުޅުމުގެ ވައްޓަފާޅިބަދަލުކޮށް ކެއިން ބުއިމުގެ އާދަތަކާއި ހެލިފެލިވެ އުޅުމުގެ މުހިންމުކަމަށް ހޭލުންތެރިކުރުވުމެވެ. އަދި ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ދުޅަހެޔޮ ހިތެއްގެ ވެރިބަޔަކަށް ވުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ބާރު އެޅުމެވެ.

މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ހެލްތާއި، އެޗް.ޕީ.އޭ، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، އެޗް.ޑީސީ, ބައިކް މޯލްޑިވްސް، ސްކޭޓް މޯލްޑިވްސް، ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް، ދަމަނަވެށި، ހުޅުމާލޭ ހޮސްޕިޓަލް، އަދި ފުލުހުން ގުޅިގެންނެވެ.

މި ރަސްމިްޔާތުގައި މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.