ތާޑް ޕާޓީ އިންޝުއަރެންސް ކުރުމުގެ އުސޫލަށް ބަދަލު ގެނެސް ހަރުދަނާ ކުރަނީ

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ

މި ބަދަލުތަކާއެކު އިންޝުއަރެންސް ކުންފުނިތަކުގެ އިންޝުއަރެންސް ޕޮލިސީތަކަށްވެސް ބަދަލުތަކެއް ގެނެވޭނެ

ތާޑް ޕާޓީ އިންޝުއަރެންސް ކުރުމާއި އިންޝުއަރެންސުން ބަދަލު ލިބިދޭ އުޞޫލުތައް ހަރުދަނާ ކުރުމަށް މި މިނިސްޓްރީއިން މުހިންމު ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ.

މި ބަދަލުތަކުގެ ތެރޭގައި އިންޝުއަރެންސް ކަވަރޭޖާއި ނުލައި އުޅަނދު ރަޖިސްޓްރީ ނުކުރެވޭނެގޮތަށް ހެދުމާއި، އިންޝުއަރެންސް ނުކުރާ އުޅަނދުފަހަރަށް މިނިސްޓްރީން އެއްވެސް ޚިދުމަތެއް ނުދެވޭނެގޮތަށް ގަވާއިދުތައް ބަދަލުކުރުން ހިމެނެއެވެ.

މި ބަދަލުތަކާއެކު އިންޝުއަރެންސް ކުންފުނިތަކުގެ އިންޝުއަރެންސް ޕޮލިސީތަކަށްވެސް ބަދަލުތަކެއް ގެނެވޭނެއެވެ. އަދި މި ބަދަލުތަކުގެ މަޤްޞަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، އެކްސިޑެންޓްތަކުގައި ގެއްލުންވާ ފަރާތްތަކަށް އެކަށީގެންވާ ބަދަލު ލިބިދިނުމެވެ.

މި އައު ބަދަލުތަކާއެކު، މިހާރު ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި އަދި އުޅަނދު ދުއްވާ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، އިންޝުއަރެންސް ކަވަރަވަރޭޖުގެ މިންވަރު އިތުރުވެގެންދާނެއެވެ. މީގެ އިތުރުން، މި ބަދަލުތަކުން އެކްސިޑެންޓްތަކުގައި ލިބޭ ގެއްލުންތަކަށް ފުރިހަމަ ބަދަލު ލިބުމަށް މަގުފަހިވެގެންދާނެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.