އެޗްސީސީ ޗެންޕިއަންޝިޕްގައި އިއްޔެ ލަނޑުތަކެއް އޮއްސާލައިފި

ކުޅުމުގެ ތެރެއިން

އެފްސީ މަކާއު މޮޅުވެފައިވަނީ 7 ލަނޑު ޖަހައިގެން، ރިވަރސައިޑްވެސް މޮޅުވެފައިވަނީ 7 ލަނޑު ޖަހައިގެން

ހިންނަވަރު ކޮމިއުނިޓީ ސެންޓަރު (އެޗްސީސީ) ޗެންޕިއަންޝިޕްގެ ފޯރިގަދަ މެޗުތަކެއް އިއްޔެވެސް ކުރިޔަށް ގޮއްސިއެވެ.

އިއްޔެގެ ފުރަތަމަ މެޗުގައި ޓޮރާ ބޮރާ އާއި އެފްސީ މަކާއުގެ މެޗު ނިމިފައިވަނީ 0 - 7 އިން އެފްސީ މަކާއު މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާކަން ހޯދީ އެފްސީ މަކާއުގެ ޖާރޒީ ނަންބަރު 29 އަޙުމަދު ޒިޔާން މުޙައްމަދުއެވެ. ޒިޔާން ވަނީ މި މެޗުގައި 4 ލަނޑު ޖަހާފައެވެ.

1000006814.jpg

އިއްޔެގެ ދެވަނަ މެޗުގައި ރިވަރސައިޑް އާއި އެފްސީ ހޯޕްގެ މެޗު ނިމިފައިވަނީ 1 - 7 އިން ރިވަރސައިޑް މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާކަން ހޯދީ ރިވަރސައިޑްގެ ޖާރޒީ ނަންބަރު 9 އައިހަމް ހަމްދޫންއެވެ. އައިހަމް ވަނީ މި މެޗުގައި 4 ލަނޑު ޖަހާފައެވެ.

1000006815.jpg

މިއަދު މި މުބާރާތުގައި އޮންނާނީ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗެވެ. އެއީ ސޮސް ބޮއިޒް އާއި ޔަންގ ބޮއިޒް އާއި ދެމެދު އޮންނަ މެޗެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.