ވަޒީރު ޒަމީރު އަދި ވަޒީރު ޠާރިގު
މި މުޢާހަދާގެ މަޤްޞަދަކީ ޤައުމުތަކުގެ ސަރަޙައްދުން ބޭރުގައިވާ ކަނޑުތަކާއި އޭގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި ހިމާޔަތްކުރުން
ދުނިޔޭގެ ކަނޑުތަކުގެ ތިންބައިކުޅަ ދެބައި ހިމާޔަތްކޮށް ބެލެހެއްޓުމަށް އެކުލަވާލާފައިވާ "ހައި ސީސް ޓްރީޓީ" ގައި ދިވެހިރާއްޖެ ވަނީ ބައިވެރިވެއްޖެއެވެ.
މި މުޢާހަދާގައި ބައިވެރިވުމަކީ ދުނިޔޭގެ ކަނޑުތަކުގެ ބޮޑުބައެއް ހިމާޔަތްކޮށް ބެލެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. މި މުޢާހަދާގައި ބައިވެރިވުމުން، ދިވެހިރާއްޖެއަކީ މި މުޢާހަދާގެ "ސްޓޭޓް ޕާޓީ" އަކަށް ވެގެން ދިޔައެވެ.
"ހައި ސީސް ޓްރީޓީ" އަކީ އދ. ގެ ބެލުމުގެ ދަށުން އެކުލަވާލާފައިވާ މުޢާހަދާއެކެވެ. މި މުޢާހަދާގެ މަޤްޞަދަކީ ޤައުމުތަކުގެ ސަރަޙައްދުން ބޭރުގައިވާ ކަނޑުތަކާއި އޭގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި ހިމާޔަތްކުރުމެވެ.
މި މުޢާހަދާގައި ބައިވެރިވުމަކީ، މިހާރު ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ 79 ވަނަ ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖެއިން ހާސިލުކުރި މުހިންމު ކާމިޔާބީއެއް ކަމުގައި ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
ކޮމެންޓް