ވޭޕްކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކުރުމަށް ސިލްސިލާ ސެޝަންތަކެއް!

ބައްދަލުވުމުގެ ތެރެއިން

ދަރިވަރުން ވޭޕްކުރުމުން ދުރުކުރުމަށް ސްކޫލާއި ބެލެނިވެރިން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރެވުން

ވޭޕްކުރުމުގެ ނުރަނގަޅު އާދައާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް ސްކޫލުތަކުގެ އިސްވެރީންނާއި ޕީ.ޓީ.އޭއާ އެކު ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފިއެވެ.

މާލޭ ސަރަޙައްދުގެ ސްކޫލުތަކުގެ އިސްވެރީންނާއި ޕީ.ޓީ.އޭ އަށް ޚާއްޞަކޮށްގެން ސީ.އެޗް.އެސް.އީ މާލޭގައި ރޭ ބޭއްވި މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުމުގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ސްކޫލު އުމުރުފުރައިގެ ދަރިވަރުން ވޭޕްކުރުމުން ދުރުކުރުމަށް ސްކޫލާއި ބެލެނިވެރިން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވި ބޭފުޅުންގެ ތެރޭގައި ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު، ސްކޫލް ސޭފްޓީ އެންޑް ހެލްތް ޑިވިޜަންގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު އައްޒަ އަދި ނޭވާލާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރއެއް ކަމަށްވާ ޑރ. މުޙައްމަދު ޢަލީ ހިމެނެއެވެ.

މި ސިލްސިލާގެ ބައްދަލުވުންތައް ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތައް ކުރިއަށްދާނީ އޮންލައިންކޮށެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.