މެޗުގެ ތެރެއިން
ރިވަރސައިޑްއިން ވަނީ 7 ލަނޑު ޖަހާ މޮޅުވެފައި، އަދި ޔަންގ ބޮއިޒްއިން ވަނީ 3 ލަނޑު ޖަހާ މޮޅުވެފައި
ހިންނަވަރު ކޮމިއުނިޓީ ސެންޓަރު (އެޗްސީސީ) ޗެންޕިއަންޝިޕްގެ ފޯރިގަދަ މެޗުތަކެއް އިއްޔެވެސް ކުރިޔަށް ގޮއްސިއެވެ.
އިއްޔެގެ ފުރަތަމަ މެޗުގައި ޓޯރާ ބޮރާ އާއި ރިވަރސައިޑްގެ މެޗު ނިމިފައިވަނީ 0 - 7 އިން ޔަންގ ބޮއިޒް ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާކަން ހޯދީ ޖާރޒީ ނަންބަރު 7 އަބްދުﷲ އަޒާން އަޙްމަދުއެވެ. އަޒާން ވަނީ މި މެޗުގައި 3 ލަނޑު ޖަހާފައެވެ.
އިއްޔެގެ ދެވަނަ މެޗުގައި އެފްސީ ހޯޕް އާއި ޔަންގ ބޮއިޒްގެ މެޗު ނިމިފައިވަނީ 0 - 3 އިން ޔަންގ ބޮއިޒް ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާކަން ހޯދީ ޖާރޒީ ނަންބަރު 7 އަލީ މިބްސާމްއެވެ. މިބްސާމް ވަނީ މި މެޗުގައި 2 ލަނޑު ޖަހާފައެވެ.
މިއަދުވެސް ވަރަށް ފޯރިގަދަ މެޗުތަކެއް މި މުބާރާތުގައި ކުރިޔަށްދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ސޮސް ބޮއިޒް އާއި އެފްސީ މަކާއު ބައްދަލުކުރަން ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ މެޗުގައި އެފްސީ ހޯޕް އާއި ޓޮރާ ބޮރާ ބައްދަލުކުރަން ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ ތާވަލުގައި ކުރީގައި އަދިވެސް އޮތީ ދެ މެޗު ކުޅެފައިވާ ކުރީ އަހަރުގެވެސް ޗެންޕިއަން ސޮސް ބޮއިޒްއެވެ. އަދި ދެވަނައިގައި އޮތީ 3 މެޗާއެކު ރިވަރސައިޑް، 3 ވަނައިގައި އޮތީ 3 މެޗާއެކު ޔަންގ ބޮއިޒްއެވެ.
ކޮމެންޓް