މެޗުގެ ތެރެއިން
ޔަންގ ބޮއިޒް އިން މެޗު ކާމިޔާބު ކުރި، ސޮސް ބޮއިޒްވެސް ވަނީ މެޗު ކާމިޔާބުކޮށްފަ
ހިންނަވަރު ކޮމިއުނިޓީ ސެންޓަރު (އެޗްސީސީ) ޗެންޕިއަންޝިޕްގެ ފޯރިގަދ މެޗުތަކެއް އިއްޔެވެސް ކުރިޔަށް ގޮއްސިއެވެ.
އިއްޔެގެ ފުރަތަމަ މެޗުގައި ޓޯރާ ބޮރާ އާއި ޔަންގ ބޮއިޒްގެ މެޗު ނިމިފައިވަނީ 0 - 3 އިން ޔަންގ ބޮއިޒް ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާކަން ހޯދީ ޖާރޒީ ނަންބަރު 21 ހަސަން އައްފާންއެވެ. އައްފާން ވަނީ މި މެޗުގައި 2 ލަނޑު ޖަހާފައެވެ.
އިއްޔެގެ ދެވަނަ މެޗުގައި ބައްދަލުކުރީ ސޮސް ބޮއިޒް އާއި އެފްސީ ހޯޕްއެވެ. މި މެޗު 3 ލަނޑުން މޮޅުވެފައިވަނީ ސޮސް ބޮއިޒްއެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސޮސް ބޮއިޒްގެ ޖާރޒީ ނަންބަރު 5 އަޙްމަދު އަޝްރަފްއެވެ. އަޝްރަފް ވަނީ މި މެޗުގައި 2 ގޯލު ޖަހާފައެވެ.
މިއަދުވެސް ވަރަށް ފޯރިގަދަ މެޗުތަކެއް މި މުބާރާތުގައި ކުރިޔަށްދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ރިވަރސައިޑް އާއި ޓޮރާ ބޮރާ އާއި ބައްދަލުކުރަން ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ މެޗުގައި އެފްސީ ހޯޕް އާއި ޔަންގ ބޮއިޒް ބައްދަލުކުރަން ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް