މަސައްކަތު ބައްދަލުވުމުގެ ބައިވެރިން
ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި، ހަންޏާމީދޫގެ ކައުންސިލް އިދާރާގެ މުވައްޒަފުން، ރަށުގެ ޓީޗަރުން އަދި އިސްރަށްވެހިން ހިމެނޭހެން ޖުމުލަ 43 ފަރާތަކުން ވަނީ ބައިވެރިވެފަ
ިވެހިރާއްޖޭގެ ރަށްރަށުގެ އުފާވެރިކަން މިންކުރާނެ ގޮތް ދެނެގަނެ، ރަށްރަށުގެ އުފާވެރިކަމާއި ގުޅޭ ކަންކަމާއި ތަރައްޤީއާއި ގުޅުވާލުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާ އިން ފައްޓަވާފައިވާ ދިވެހިރާއްޖޭގެ އުފާވެރިކަމުގެ އިންޑެކްސް (މޯލްޑިވްސް ހެޕިނަސް އިންޑެކްސް) އެކުލަވާލުމުގެ ފުރަތަމަ އަތޮޅުތެރޭގެ މަސައްކަތު ބައްދަލުވުން، އދ. ހަަންޏާމީދޫގައި 17 ސެޕްޓެމްބަރ 2024 ގައި ބާއްވައިފިއެވެ.
މ މަސައްކަތު ބައްދަލުވުމުގައި ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި، ހަންޏާމީދޫގެ ކައުންސިލް އިދާރާގެ މުވައްޒަފުން، ރަށުގެ ޓީޗަރުން އަދި އިސްރަށްވެހިން ހިމެނޭހެން ޖުމުލަ 43 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި މަސައްކަތު ބައްދަލުވުމަށް ހަންޏާމީދޫ އިން ދެއްވި ބޮޑު ތަރުޚީބަށާއި ހެޕިނަސް އިންޑެކްސް އެކުލަވާލުމުގެ ދިރާސީ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާާ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަށް ވަޒީރު އާދަމް ޝަރީފް ވަނީ ޝުކުރު ދަންނަވާފައެވެ.
ހަންޏާމީދޫގައި ކުރިއަށް ގެންދެވުނު މި ކާމިޔާބު މަސައްކަތު ބައްދަލުވުން ކުރިއަށް ގެންގޮސްދެއްވީ އިސްލާމިކް ޔުނިވަރސިޓީގެ ސެންޓަރ ފޯރ ޕޯސްޓްގްރެޖްއޭޓް ސްޓަޑީސްގެ ޑީން ޑޮކްޓަރ ފާޠިމަތު މުނާ އެވެ.
ދިިވެހިރާއްޖޭގެ އުފާވެރިކަމުގެ އިންޑެކްސް (މޯލްޑިވްސް ހެޕިނަސް އިންޑެކްސް) އެކުލަވާލަވާލާނީ ގިނަބަޔަކާއި ގުޅިގެން، ރާއްޖޭގެ ގިނަ ފަރާތްތަކަކާއި މަޝްވަރާކޮށް، އާންމުންގެ ބައިވެރިވުން ހިމަނައިގެންކަމަށް ިސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް