ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. މުއްޠަލިބް އެފްކޮންސްގެ މެނޭޖިންގ ޑިރެކްޓަރާއި ބައްދަލުކުރައްވައިފި

އެފްކޮންސްއާއެކު ބޭއްވުނު ބައްދަލުވުން

މިނިސްޓްރީ އާއި އެފްކޮންސްއިން އިން ދަނީ މަޝްރޫޢުތައް ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ސްޓްރެޓެޖިކް، ޓެކްނިކަލް އަދި އޮޕަރޭޝަނަލް ފެންވަރުގައި ގާތުން މަސައްކަތްކުރަމުން

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އާއި އެފްކޮންސްގެ މެނޭޖިންގ ޑިރެކްޓަރ އަދި އެހެނިހެން އިސް ވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި ތިލަމާލެ ބްރިޖް މަޝްރޫޢާ ބެހޭ ގޮތުންނެވެ. މިގޮތުން މިނިސްޓްރީ އާއި އެފްކޮންސްއިން އިން ދަނީ މަޝްރޫޢުތައް ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ސްޓްރެޓެޖިކް، ޓެކްނިކަލް އަދި އޮޕަރޭޝަނަލް ފެންވަރުގައި ގާތުން މަސައްކަތްކުރަމުންނެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ޚާއްޞަކޮށް ތިލަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް އަވަސް ކުރުމާއި، މަޝްރޫޢު ކުރިއަށްދާ މިންވަރު ބެލުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ވާހަކަދެކެވުނެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް އިތުރަށް ހަރުދަނާކޮށް، ކުރިއަށް ގެންދިއުމަށް އެފްކޮންސް އާއެކު ބޭއްވުނު މުހިންމު ބައްދަލުވުމެއް ކަމަށް މިނިސްޓްރީން ފާހަގަކުރައްވައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.