ދިވެހީން ތިބީ ދިވެހީންގެ ވާހަކަ ދައްކަވާނެ ވެރިއެއްގެ އިންތިޒާރުގައި، ރައީސް މުޢިއްޒަކީ އެފަދަ ބޭފުޅެއް: ވަޒީރު އާދަމް ނަޞީރު އިބްރާހީމް

ވަޒީރު އާދަމް ނަޞީރު އިބްރާހީމް

ދިވެހިންގެ ޒަމާންވީ ރަނގަޅު ސިފަތަކާއި ދިވެހިންގެ އަސްލުވަންތަކަމާއި ހުނަރުތައް އިޢާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއްދެއްވާ ކަމަށް ވިދާޅުވި

ދިވެހީން ތިބީ ދިވެހީންގެ ވާހަކަ ދައްކަވާނެ ވެރިއެއްގެ އިންތިޒާރުގައި ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ އެފަދަ ބޭފުޅެއްކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ ދިވެހިންގެ ޒަމާންވީ ރަނގަޅު ސިފަތަކާއި ދިވެހިންގެ އަސްލުވަންތަކަމާއި ހުނަރުތައް އިޢާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. އަދި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަޒީރު ޝުކުރުއަދާކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޤައުމިއްޔަތުގެ އިސްވަރު އިފްތިތާޙް ކޮށްދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީންގެ ހަނދާނަށް އެ ޝަރަފު އަރުއްވާފައެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.