ދައުރުވަމުންދަނީ ފޭކު ލިސްޓެއް: ޝައްމާން

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން

ލިސްޓަކީ އެޑިޓްކޮށްގެން, އިމިގްރޭޝަންގެ ނަމުގައި ދައުރުކުރަމުންދާ ފޭކު ޕޯސްޓެއް ކަމަށް ވިދާޅުވި

ބުޅާ މަސް އަޅާފައި ހުރި ކާނާ ވިއްކާ ފިހާރަތަކުގެ ލިސްޓް ކަމަށް ބުނެ ދައުރުވަމުންދަނީ ފޭކު ލިސްޓެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ފޭސްބުކް އާއި 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ލިސްޓަކީ އެޑިޓްކޮށްގެން, އިމިގްރޭޝަންގެ ނަމުގައި ދައުރުކުރަމުންދާ ފޭކު ޕޯސްޓެއް ކަމަށެވެ.

އަދި އާއްމު މަސްލަހަތާއި ގުޅުން ހުރި ކަންކަމުގައި މަޢުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު ޚަބަރު ފެތުރުމަށާއި ސޯޝަލް މީޑިއާގެ ޕޯސްޓް ޝެއަރ ކުރުމުގައިވެސް މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް ޝައްމާން ވަނީ އެދިވަޑައިގެންފައެވެ.

"ބުޅާ މަރާ އަދި އޭގެން ވިޔަފާރި ކުރާކަމުގެ ތުހުމަތުކުރެވިފައިވާ މީހާގެ ތަހުޤީގު، ކަމާ ގުޅުންހުރި އިދާރާތަކުގައި ކުރިއަށްގެންދާ ވާހަަކަ ދަންނަވަން" ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވިދާޅުވިއެވެ.

ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ބިދޭސީ މީހާ އިމިގްރޭޝަނާއި މިހާރު ވަނީ ހަވާލުކޮށްފައެވެ.

މި މައްސަލާގައި ޙައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ, ޢުމުރުން 32 އަހަރުގެ އަރްފަތު ޙުސައިނެވެ.

ފުލުހުން ވިދާޅުވީ އެ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންގެންދާ ކަމަށެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެމީހާ ޙައްޔަރުކޮށްފައިވަނީ ސިފަ ބަދަލުކުރުމަށް ސެލޫނަކަށް ގޮސް ހުއްޓައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ގިނަ ޢަދަދެއްގެ ބިދޭސީން ދަނީ އަތުލައިގަންނަމުންނެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.