މަޖިލީހުގެ ރައީސް ޗައިނާއަށް ފުރާ ވަޑައިގެންނަވަނީ
"2024 އިންޓަރރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯރ ޕާލަމެންޓްސް އޮފް ޑެވެލޮޕިންގ ކަންޓްރީސް" ގައި ބައިވެރިވެވަޑައިގަތުމަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޗައިނާއަަށް ފުރާޥަޑައިގެންފިއެވެ.
އަބްދުއްރަހީމް ޗައިނާއަށް ވަޑައިގަންނަވަނީ "2024 އިންޓަރރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯރ ޕާލަމެންޓްސް އޮފް ޑެވެލޮޕިންގ ކަންޓްރީސް" ގައި ބައިވެރިވެވަޑައިގަތުމަށެވެ.
މި ދަތުރުފުޅުގެ އިތުރު ތަފްސީލެއް މަޖިލީހުން އާންމުކޮށްފައި ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަބްދުއްރަހީމް ޗައިނާއަށް ވަޑައިގެންނެވި އިރު ޗައިނާގެ ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ދަޢުވަތަކަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ހުންނެވީ ޗައިނާގައި އެވެ.
ކޮމެންޓް