ސިނަމާލެ ބުރިޖު
ދެމެހެއްޓެނިިވި ގޮތެއްގައި އެތަންތަން ބެލެހެއްޓުމަށް ކަމަށް މިނިސްޓްރީން ހާމަކުރި
ސިނަމާލެ ބުރިޖާއި ހައިވޭއިން ޓޯލް ފީ ނެގުމުގެ ދިރާސާ އަންނަ މަހު ފަށަން ނިންމާފައި ވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން މިކަން އިއުލާނުކޮށްފައި ވަނީ "މާލެ ފަހި" ޕްރޮގްރާމް އިފުތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
މިނިސްޓްރީން ބުނީ ސިނަމާލެ ބްރިޖާއި ހައިވޭއިން ޓޯލް ފީ ނެގުމުގެ ދިރާސާތައް ފަށަނީ ދެމެހެއްޓެނިިވި ގޮތެއްގައި އެތަންތަން ބެލެހެއްޓުމަށް ކަމަށެވެ. އަދި ޓޯލް ފީ ކަނޑައަޅާނީ ކަމާ ގުޅުންހުރި ދައުލަތުގެ ހުރިހާ އިދާރާތަކުން މަޝްވަރާ ކުރުމަށްފަހު ކަމަށް މިނިސްޓްރީން ބުންޏެވެ.
"ބުރިޖާއި ހައިވޭ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކަމާ ގުޅުންހުރި ދައުލަތުގެ އިދާރާތަކާ މަޝްވަރާ ކުރުމަށްފަހު ޓޯލް ފީ ކަނޑައަޅާ ތަންފީޒު ކުރެވޭނެ ނިޒާމެއް ގާއިމްކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގައި ފެށޭނެ" މިނިސްޓްރީން ހާމަކުރިއެވެ.
ކޮމެންޓް