ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖެއްގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު

މާލެއާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅާއި ގުޅިގެން މި މަޝްރޫޢު ޗައިނާއިން ދެއްވާ ހިލޭއެހީއިން ކުރިއަށް ގެންދިޔުމަށްވަނީ ކަނޑައަޅުއްވާފަ

މާލެ އަދި ވިލިމާލޭގެ މަގުތައް ތަރައްޤީ ކުރުމަށްޓަކައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖެއްގައިވަނީ ސޮއިކުރެވިފައެވެ.

ޗައިނާގެ ބެއިޖިންގައި ބޭއްވުނު ރަސްމިއްޔާތެއްގައި ދިވެހިސަރުކާރުގެ ފަރާތުން މި ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (ސިޑްކާ)ގެ ޗެއަރމަން ހިޒް އެކްސެލެންސީ ލިއޯ ޒައޯހުއިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަހަރުގެ ކުރީކޮޅު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީވުމަށްޓަކައި ވެވުނު ފަހުމުނާމާއާއި ގުޅިގެން ތަރައްޤީގެ މަޝްރޫޢުތަކަށް ހިލޭއެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ހަމަޖައްސަވާދެއްވުމަށް ނިންމެވިކަން އެމަނިކުފާނުވަނީ އިއުލާން ކުރައްވާފައެވެ. އަދި މާލެއާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅާއި ގުޅިގެން މި މަޝްރޫޢު ޗައިނާއިން ދެއްވާ ހިލޭއެހީއިން ކުރިއަށް ގެންދިޔުމަށްވަނީ ކަނޑައަޅުއްވާފައެވެ. ސޮއިކުރެވުނު ލެޓަރ އޮފް އެކްސްޗޭންޖްއަށްފަހު މި މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ފެށިގެންދާއިރު މިއީ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ފުރަތަމަ މަރުހަލާއެވެ.


ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.