11 ބިލިއަން ރުފިޔާގެ އާމްދަނީއަކާއެކު 3.7 އިންސައްތައިގެ ކުރިއެރުމެއް
ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 9.2 ބިލިއަން ރުފިޔާ ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.8 ބިލިއަން ރުފިޔާ އެހީގެ ގޮތުގައި 51.6 މިލިއަން ރުފިޔާ ލިބިފައިވޭ
• އިމްޕޯޓް ޑިއުޓީން 700 މިލިއަން ރުފިޔާ
• ބީޕީޓީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ
• ޖީއެސްޓީގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ
• ގްރީން ޓެކްސްގެ ގޮތުގައި 374.8 މިލިއަން ރުފިޔާ
• އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 348.5 މިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދުތައް ހުރީ 12.6 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޙަރަދުވެފައިވާ 15.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ވަރަށް ބޮޑު ކުޑަވުމެއްކަން ފާހަގަކުރެވެއެވެ.
ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދަށް ހިނގި 9.7 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދަށް ހިނގި 2.8 ބިލިއަން ރުފިޔާއެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމެނެނީ މުސާރައާއި އިނާޔަތަށް ޚަރަދުކޮށްފައިވާ 3.2 ބިލިއަން ރުފިޔާއާއި އިދާރީ ހިންގުމަށް ހިނގާފައިވާ 6.3 ބިލިއަން ރުފިޔާއެވެ. ކެޕިޓަލް ޚަރަދުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ހިނގާފައިވާ ޚަރަދެވެ.
ކޮމެންޓް