ޗައިނާއަށް ފުރާވަޑައިގެންނެވި ވަފުދު
މި މަހުގެ 23 އިން 28 ގައި ޗައިނާގެ ކުންމިން ސިޓީގައި ކުރިއަށްދާ 8 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގައި ބައިވެރިވުމަށް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވަފުދެއް ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
މި މަހުގެ 23 އިން 28 ގައި ޗައިނާގެ ކުންމިން ސިޓީގައި ކުރިއަށްދާ 8 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގައި ބައިވެރިވުމަށެވެ. މި އެކްސްޕޯގައި މަޖިލީހުގެ ނައިބު ރައީސް ތަގުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވަފުދުގައި އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ. ޗައިނާއަށް ވަޑައިގަންނަވާ މެންބަރުންގެ ތެރޭގައި ދެން ހިމެނެނިވަޑައިގަންނަވަނީ:
އިބްރާހީމްދީދީ / ފޭދޫ ދެކުނު ދާއިރާ (ޕީއެންސީ)
އަބްދުﷲ ރިފާއު / މާފަންނު ދެކުނު ދާއިރާ (ޕީއެންސީ)
ހަސަން މުފީދު އަބްދުއްގާދިރު / މިލަންދޫ ދާއިރާ (ޕީއެންސީ)
ހުސައިން ޒިޔާދު (ފިއްޓެ) / ވައިކަރަދޫ ދާއިރާ (އެމްޑީޕީ)
ސަރުކާރުން ދަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހި ކުރަމުންނެވެ. އެގޮތުން މިހާރު ވެސް، ޗައިނާގެ ހާރިޖީ ވަޒީރުގެ ދައުވަތަކަށް 3 ވަޒީރަކު ތިއްބެވީ ޗައިނާގައެވެ.
ކޮމެންޓް