ފުލުހުން ހޯދަމުންދާ ބިދޭސީ މީހާ
ހޯދަނީ ބަންގަލްދޭޝްގެ ރައްޔިތެއް ކަމަށްވާ ޓަފްޖޮލް މިޔާ (23އ)
ފުލުހުން ތަހުގީގު ކުރަމުން އަންނަ މަސްތުވާތަކެތިގެ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ތަހުގީގު ކުރަމުން އަންނަ މައްސަލައިގައި ހޯދަމުން އަންނަނީ ބަންގަލްދޭޝްގެ ރައްޔިތެއް ކަމަށްވާ ޓަފްޖޮލް މިޔާ (23އ) ކަމަށެވެ.
އޭނާ ހޯދަމުންދަނީ މިމަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް ކައިރީ އޮތް ހުސްބިމުގައި ބާއްވާފައި އޮތް ކާރަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ކޭސް ފެނިފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރުމަށްޓަކައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވަނީ އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއްވާނަމަ، ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައެވެ.
ކޮމެންޓް