ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު
މިގޮތަށް މަޖިލީހުގެ ގަވއިދު އިސްލާހުކުރަން ފެންނަކަމަށް ހުށައެޅުއްވީ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުއެވެ.
މަޖލީހުގައި މިއަދު ކުޅިވަރާއި ބެހޭ ވަޒީރާއި ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ތެދުވެޑައިގެން ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ މަޖިލީހުގެ ގަވައިދު އިސްލާހުކުރާއިރު ވަޒީރުން މަޖިލީހަށް ސުވާލުކުރުމަށް ގެންނަ ގެނައުމަށް ބަދަލު ގެންނަން ޖެހޭކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ވަޒީރަކު ރައްޔިތުން މަޖލީހުގެ މެމްބަރަކު ދާއިރާއާއއި ބެހޭ ގޮތުން ސުވާލެއް ފޮނުވައިގެން 3 ދުވަސް ތެެރޭ ޖަވާބު ނުދީފިއްޔާ ނޫނީ މަޖިލީހަށް ހާޒިރުކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ، މީ ރައްޔިތުން މަޖިލީހުގެ ގަވައިދު އިސްލާހުކުރާއިރު މީ ރަނގަޅުކަމެއް ކަން ނޭނގެ އަޅުގަނޑަށްް ހީވަނީ މީ ބަލާލަން.
ކުޅިވަރާއި ބެހޭ ވަޒީރު ކޮންމެ ދުވަހަކު މަޖީލީހަށް އެމްޑީޕީން ހާޒިރުކޮށް ސުވާކުކުރަން ގެންނަނީ ކުދިކުދި ބޭނުމެއް ނެތްކަމުގައިކަމަށެވެ. އަދި ވަޒީރު ހާޒިރުކުރަނީ އެމްދީޕީން ބަގުރޫޓްކޮށް ހުއްޓާލާފައިވާ ޕްރޮޖެކްޓްތަކަށް ސުވާލުކުރުމަށްކަމަށެވެ.
ރައްޔިތުން މަޖލީހަށް ކުއްލި މައްސަލަވެސް ފަސޭހައިން ހުށަނޭޅޭ ގޮތަށް ބަދަލު ގެނައުމަށް ޕީއެންސީގެ މާފަންނު ހުޅަނގު ދާިރާގެ މެމްބަރު މުސްތަފާ އިބްރާހިމްވެސް ވަނީ ހުށައަޅާފައިއެވެ.
20 ވަނަ ރައްޔިތުން މަޖިލީހުގެ ހިންގާ ގަވައިދު އިސްލާހުކުރަން ދިން މުއްދަތަށް ނުނިންމިގެން އިތުރު އެއްމަސް ދުވަސް ދިނުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެ މުއްދަތު ހަމަވާނީ މިމަހުގެ 26 ވަނަ ދުވަހަށެވެ.
ކޮމެންޓް