ޝަހީދު ހުސައިން އާދަމް ބިލްޑިންގ
މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 31 އަހަރުގެ މާލެއަށް ނިސްބަތްވާ ފިރިހެނެއް
މާލޭގައި މީހަކު ހިފަހައްޓާ ފޭރެން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 31 އަހަރުގެ މާލެއަށް ނިސްބަތްވާ ފިރިހެނެކެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ހުއްދަ ނޫން ގޮތެއްގައި މީހުން ހިފެހެއްޓުމާއި، ފޭރުމާއި، ބިރުދެއްކުމުގެ އިތުރުން، އޮރިޔާންކާޑު އުފެއްދުމެެވެ.
ބަންދު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައި ވެއެވެ. އެގޮތުން ސީސީޓީވީ ފުޓޭޖްއާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާން ހުށަހަޅާފައިވެއެވެ.
އަދި މިއީ ދުރާލާ ރާވައިގެން ގިނަބަޔަކު ބައިވެރިވެގެން ހިންގާފައިވާ ކަމެއް ކަަމަށްވެސް މައްސަލަ ބަލާ ފުލުހުން ބުނެފައިވެއެވެ.
މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
ކޮމެންޓް