ކޮވިޑް 19 ސާމްޕަލް ނަގަނީ
މެނިންގޯކޮކަލް ބަލި ރާއްޖެއިން ފެނި މި ބަލީގައި މީހަކު މަރުވެފައިވޭ
ރާއްޖޭން މެނިންގޮކޯކަލް ބަލި ޖެހިފައިވާ މީހަކު ފެނުމާ ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިން ނިންމާލިއިރު އެބައްޔަށް އިތުރު މީހަކު ޕޮޒިޓިވް ވެފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.
އެޗް.ޕީ.އޭ. އިން މީގެ ކުރިން ބުނެފައިވަނީ އިންވޭސިވް މެނިންގޯކޮކަލްގެ ބަލި މީހަކު ރާއްޖޭން ފެނުމާ ގުޅިގެން އެމީހާއާ ގާތުން އެއްތާވި 46 މީހުން ފާހަގަވެފައިވާ ކަމަށެވެ. އަދި އެމީހުން ޓެސްޓްކޮށް ނިންމާލިއިރު އެބައްޔަށް އިތުރު މީހަކު ޕޮޒިޓިވް ވެފައިނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ފަހުން ހާމަކޮށްފައެވެ.
މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. އެގޮތުން ބަލިޖެހިފައިވާ މީހާއާއެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.
އެޗް.ޕީ.އޭ. އިން ބުނީ މިއަހަރު ހައްޖަށް ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމު ކަމަށެވެ.
މެނިންގޯކޮކަލް ބަލި ރާއްޖެއިން ފެނި މި ބަލީގައި މީހަކު މަރުވެފައިވާއިރު ބައްޔާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްތައްވެސް މިހާރު ވަނީ ފަށާފައެވެ.
ކޮމެންޓް