ނޯތު ޕޯޓުން އިތުރު ފީއެއް ނުނަގާ: ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރިއަށް

ނޯތު ހާބަރު

އެމް.ޕީ.އެލްގެ ނޯތު ހާބަރުން މިހާރު ނަގަމުންދާ ފީތަކުގެ އިތުރުން އިތުރު އެއްވެސް ފީއެއް ނެގުމަށް ނިންމާފައިނުވާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.

މީގެ އިތުރުން، ނޯތު ޕޯޓުގެ ސަރަހައްދަށް އިތުރުކުރެވުނު ބައި ތަރުތީބުކޮށް އިންތިޒާމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

އެމް.ޕީ.އެލްގެ ސީ.އީ.އޯ، ޑީ.ސީ.ޕީ ރިޓަޔާޑް މުޙައްމަދު ރިޝްވާން ވިދާޅުވި ގޮތުގައި، "މި ބަދަލުގެ ސަބަބުން، މަސްވެރިންނާއި އޮޑިވެރިންނަށް މިހާރަށްވުރެ އަވަސް، ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދެވޭނެކަމުގެ ޔަޤީންކަން އަރުވަން."

ސަރަހައްދު އަލުން ތަރުތީބުކުރެވުމުން މަސްދޯނިފަހަރަށް އިތުރު ޖާގަ ލިބި، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި އަތޮޅުތަކަށް މުދާ އުފުލާ އުޅަނދުފަހަރަށް މުދާ އަރުވައި ބޭލުމުގެ މަސައްކަތްތައް މިހާރަށްވުރެ އަވަހަށް ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް އެމް.ޕީ.އެލްއިން ފާހަގަކުރެއެވެ.

މި ތަރައްޤީގެ މަޝްރޫޢުގެ ދަށުން ގެނެވޭ ބަދަލުތަކާއެކު، އެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބި، ސަރަހައްދު ބެލެހެއްޓުމުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރެވޭނެ ކަމަށްވެސް އެމް.ޕީ.އެލްއިން ބުނެފައިވެއެވެ.

ނޯތު ޕޯޓުގެ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢަކީ އެ ސަރަހައްދުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ގެނެސްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.