ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ޔޫއޭއީއަށް ފުރާވަޑައިގަންނަވަނީ: ފޮޓޯ / ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެއިން ބޭރަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، އެމަނިކުފާނު ނުރަސްމީ ދަތުރުފުޅެއްގައި ރޭ ވަޑައިގެންފައިވަނީ ސިންގަޕޫރަށް ކަމަށެވެ. ނަމަވެސް މި ދަތުރުފުޅާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވެއެވެ.

ރައީސް ވަނީ ސިންގަޕޫރަށް މިދިޔަ ޖޫން މަހު ވެސް ދަތުރެއް ކުރައްވާފައެވެ. އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ޖޫން މަހުގެ 29 އިން ޖުލައި 2 ވަނަ ދުވަހުގެ ނިޔަލަށް ކުރެއްވި ރަސްމީ އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ސިންގަޕޫރަށް ކުރެއްވި އެ ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްއާއި ބައްދަލުކުރައްވާ، ދެ ގައުމުގެ ދެމެދުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި ހަމަ އެހެންމެ ބޮޑުވަޒީރު ލޯރެންސް ވޮންގްގެ އިތުރުން އެ ގައުމުގެ ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކުރައްވައި، ދެ ޤައުމަށް މަންފާކުރާނެ ތަރައްގީގެ ގުޅުންތަކާއި އެކުވެރިކަން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

އޭގެ ކުރިންވެސް އެމަނިކުފާނު ވަނީ އާއިލާއާއެކު ސިންގަޕޫރަށް ނުރަސްމީ ދަތުރުތަކެއް ކުރައްވާފައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.