ގަވަރުނަރު ހާޝިމް
އެމްއެމްއޭގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ އަށް އަލީ ހާޝިމް އަދާނުކުރައްވާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފަ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް އެ މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ލަފާ އެރުވުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
އެމްއެމްއޭގެ ގާނޫނުގައި ބުނާ ގޮތުން އެ އޮތޯރިޓީގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު އައްޔަންކޮށް، ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
އެ މާއްދާގެ ދަށުން ގަވަރުނަރު ހާޝިމް ވަކިކުރުމަށް ލަފާދޭން ކޮމިޓީއަށް ހުށައެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އެވެ. އިއްޔެ ވަނީ ހާޝިމް އެ މަގާމުން ވަކިކުރަން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲއަށް ލަފާދޭން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައެވެ.
"އެމްއެމްއޭގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ އަށް އަލީ ހާޝިމް އަދާނުކުރައްވާ" ނާޒިމް ވިދާޅުވިއެވެ.
މަޖިލީސް ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ. ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށް ފަހު އަލުން އެ މައްސަލައިގައި ގޮތެއް ނިންމަން ޖެހޭނެއެވެ. އެއަށް ފަހު އެ ރިޕޯޓު ތަޅުމަށް ހުށަހަޅައިގެން ފާސްކުރާނީއެވެ.
ކޮމެންޓް