ސިވިލް ސާވީސް ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން
ސިވިލް ކޮމިޝަން(ސީއެސްސީ)ގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު އަލުން ހުޅުވާލައިފި އެވެ.
މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލީ ސިވިލް ސާވިސް ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ތިން މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ކުރިން ވެސް ހުޅުވާލި އިރު ރައީސް އޮފީހުން މިއަދު ބުނީ އެ ކޮމިޝަނަށް އާ މެންބަރުން އައްޔަންކުރުމަށް މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ މިއަދުން ފެށިގެން އަންނަ މަހުގެ 12 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް އަލުން ހުޅުވާލައިފައިވާ ކަމަށެވެ.
އެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުން ނެވެ. ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
ކޮމެންޓް