ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަން ބައިވެރިވުމަކީ ލިބޭ ޝަރަފެއް: މޯދީ

ރައީސް ޑރ. މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ / ފައިލް ފޮޓޯ: ރައިސްއޮފީސް

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރަން ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަކީ ލިބޭ ޝަރަފެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިފަދައިން ވިދާޅުވީ ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބާގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ރާއްޖެ ކުރައްވާ ދަތުރުފުޅާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މޯދީ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަށް އަންނަ ހުކުރު ދުވަހު އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަކީ އަޅުގަނޑަށް ލިބޭ ޝަރަފެއް ކަމަށް މޯދީ ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަން 60 އަހަރުވެގެންދާއިރު، ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ސިޔާސީ ގުޅުމަށް ވެސް 60 އަހަރު ފުރިގެންދާކަން މޯދީ ފާހަގަކުރެއްވިއެވެ. އަދި މި ދަތުރުގައި ރައީސް މުއިއްޒުއާއެކު މަޝްވަރާތަށް ކުރައްވައި، އެކި ދާއިރާތަކުން 2 ގައުމުގެ ގުޅުން ބަދަހިކުރައްވާނެ ކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން މިއީ މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވާނެއެވެ. އެންމެފަހުން މޯދީ ރާއްޖެ ވަޑައިގެންފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.