ރައީސަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ސްޓޭޓް މިނިސްޓަރު ޝަމްނާޒު ހައްޔަރުކޮށްފި
ޝަމްނާޒް ކުރިން ހުރީ އެންވައިރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް
ޝަމްނާޒްގެ ބަންދަށް އިތުރު 7 ދުވަސް ޖަހައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ކުރިން ބުނެފައިވަނީ ޝަމްނާޒް ހައްޔަރުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ މައްސަލައަކާއި ގުޅިގެން ކަމަށެވެ. މިމައްސަލަ އާއި ގުޅިގެން އިތުރު ދެމީހުން ހައްޔަރުކޮށްފައިވާ ކަމަަށްވެސް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ ޝަމްނާޒާއި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކޯޓުން 07 ދުވަސް ދީފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ޝަމްނާޒް އަށް ފުލުހުން ކުރަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުއަށް ސިހުރު ހެދި ކަމުގެ ތުހުމަތެވެ. އޭނާ ސިހުރު ހެދީ ސިޔާސީ ގޮތުން ރައީސް މުއިއްޒުއާ ކައިރިވުމަށް ކަމަށް ވަނީ އަޑު ފެތުރިފައެވެ.
ކޮމެންޓް