ވެމްކޯ މުވައްޒަފުން
ކުޅުދުއްފުށި ސިޓީގެ ކުނި މެނޭޖުކުރާ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ސާމާނު ބޭލުން ފަށައިފިއެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހިންގާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން ކުޅުދުއްފުށި ސިޓީގެ ކުނި މެނޭޖުކުރާ މަރުކަޒު އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް ބޭނުންވާ ސާމާނު ބޭލުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.
މި މަޝްރޫޢަކީ ކުޅުދުއްފުށި ސިޓީގައި ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކޮށް، ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި މަޝްރޫޢުގެ ދަށުން ގެނެވޭ އާ ސާމާނާއެކު މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރެވި، ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ.
ވެމްކޯއިން މި މަޝްރޫޢު ކުރިއަށް ގެންދަނީ ސަރުކާރުގެ ތިމާވެށި ރައްކާތެރިކުރުމުގެ އެޖެންޑާގެ ދަށުން، ރާއްޖޭގެ ރަށްރަށުގައި ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައެވެ.
މި މަޝްރޫޢުގެ ދަށުން ގެނެވޭ އާ ސާމާނުގެ ތެރޭގައި ކުނި ނައްތާލުމަށް ބޭނުންކުރާ ޒަމާނީ އާލާތްތަކާއި، ކުނި ވަކިކުރުމަށް ބޭނުންކުރާ އިކުއިޕްމަންޓްތައް ހިމެނެއެވެ. މީގެ ސަބަބުން ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ހަލުވިވެ، ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެކަމަށް ވެމްކޯއިން ބުނެއެވެ.
ކޮމެންޓް