ފިޔަވަޅު އެޅީ ގާނޫނާ ހިލާފުވުމުން؛ އިހުސާން

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން

ގާނޫނާ ހިލާފުވާ ހިސާބުން ވަކި މީހަކަށް ނުބަލާ ފިޔަވަޅު މި ސަރުކާރުން އަޅާނެ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ޝަމްއާން މަގާމުން ވަކިކޮށް ޖިނާއީ ތުހުމަތެއްގައި ހައްޔަރުކުރީ ޒާތީ މައްސަލައެއް ޖެހިގެންތޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ، މަސައްކަތުގެ ގޮތުން ދެ ބޭފުޅުންގެ ގުޅުން ވެސް ރަނގަޅު ކަމަށާއި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ދެ ބޭފުޅުން ވެސް މަސައްކަތްކުރެއްވީ އެކުގައި ކަމަށެވެ.

"އެހެން ނަމަވެސް ދަންނަވަން، އަދުގެ ސަރުކާރުގަ އެއްވެސް ބޭފުޅަކު ގާނޫނާ ތައާރުޒުވާ ހިސާބުން އެ ބޭފުޅަކަށް އަޅުގަނޑުމެން އިސްތިސްނާ ހާލަތެއް ނުއެއް ދޭނަން،" އިހުސާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި ގާނޫނާ ހިލާފުވާ ހިސާބުން ވަކި މީހަކަށް ބެލުމެއްނެތި ސަރުކާރުން ފިޔަވަޅު އަޅާނެއެވެ.

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ޝަމްއާން ވަކިކޮށް، އޭނާ ހައްޔަރުކޮށްފައިވެއެވެ. މި މަހު ކުރީކޮޅު ކްރިމިނަލް ކޯޓުން ވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލައިގައި ޝަމްއާން ހިމެނޭހެން އިމިގްރޭޝަންގެ ފަސް މުވައްޒަފަކު ހައްޔަރުކޮށް

ފައިވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.