ސަލާމަތާ ގުޅުންހުރި އޮޕަރޭޝަންގައި ސަލާމަތީ ބާރުތަކުން މާލޭގެ މަގެއްގައި ހަރަކާތްތެރިވަނީ / ފައިލް ފޮޓޯ: މިހާރު
ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަން ކުރިއަށް ގެންދިޔަނަމަވެސް ކަންބޮޑުވުމެއް ނެތް ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.
ފޮރިން މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކުރިއަށްގެންދާ އޮޕަރޭޝަންތަކަކީ ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތޫ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަނާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފައިވާކަން ފޮރިން މިނިސްޓްރީއިން ފާހަގަކުރެއެވެ. އަދި ކޯޓު އަމުރުގެ ދަށުން ބައެއް ތަންތަނާއި އުޅަނދުތައް ބަލައިފާސްކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.
ފޮރިން މިނިސްޓްރީއިން ބުނީ އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށާއި ކަންބޮޑުވާންޖެހޭފަދަ ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ.
ރާއްޖޭގައި ދިރިއުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީއިން ވަނީ ދީފައެވެ.
ކޮމެންޓް