މާލޭގެ އުތުރު ފަރާތު ހާބަރުގައި މުދާ އުފުލާ ބޭލުމުގައި ދިމާވާ ދަތިތަކަށް މަޝްވަރާކުރައްވައިފި

ސިޓީ މޭޔަރ އާދަމް އާޒިމް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުޙައްމަދު ރިޝްވާނާ ބައްދަލުކުރައްވައިފި

މާލޭގެ އުތުރު ބަނދަރުގައި މުދާ އުފުލާ އުޅަނދުފަހަރަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މާލޭ ސިޓީ މޭޔަރ އާދަމް އާޒިމް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުޙައްމަދު ރިޝްވާނާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ބޭއްވުނު މި ބައްދަލުވުމުގައި އަތޮޅުތަކަށް މުދާ އުފުލާ ބޯޓުތަކާއި، މަސްދޯނިތަކާއި އަދި މުދާ އުފުލާ ދޯނިތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ މާލޭގެ އުތުރު ފަރާތު ހާބަރުގައި މުދާ އުފުލާ ބޭލުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމާ ގުޅޭގޮތުންނެވެ.

IMG_4668.jpeg

މި ބައްދަލުވުމުގައި މޭޔަރ އާޒިމްގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ އައިމަން އަދި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޡިމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މާލޭގެ އުތުރު ބަނދަރަކީ އަތޮޅުތަކަށް މުދާ އުފުލުމުގައި އެންމެ މުހިންމު އެއް ބަނދަރެވެ. މި ބަނދަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އުޅަނދުފަހަރުގެ ވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަކީ ސިޓީ ކައުންސިލްގެ އިސް އަމާޒެއް ކަމުގައި މަޢުލޫމާތު ލިބެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.