މިސްކިތުގެ މަރާމާތުގެ މަސައްކަތް ކުރިއަށްދާގޮތް މޭޔަރު ބަލައިފި

މޭޔަރ އާދަމް އާޒިމް

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ކުރިއަށްގެންދާ މަސައްކަތްތައް މޭޔަރ އާދަމް އާޒިމް މިއަދު ބައްލަވާލައްވައިފިއެވެ.

މިގޮތުން މޭޔަރ ބައްލަވާލެއްވި މަސައްކަތްތަކުގެ ތެރޭގައި ޝަހީދު އަލީ މިސްކިތުގެ މަރާމާތުގެ މަސައްކަތާއި، ކަށިމާ ހިނގުމާއި ޝަބްނަމް މަގުގެ މަރާމާތުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތްތަކަކީ ރަމަޟާން މަހަށް ރައްޔިތުންނަށް ފަސޭހަކަމާއެކު އުޅެވޭނެ މާހައުލެއް ޤާއިމްކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކެކެވެ.

IMG_4665.jpeg

ޝަހީދު އަލީ މިސްކިތުގެ މަރާމާތުގެ މަސައްކަތުގެ ތެރޭގައި މިސްކިތުގެ ފާޚާނާތަކާއި ވުޟޫކުރާ ސަރަހައްދު އަދި މިސްކިތުގެ އެތެރެ މަރާމާތުކުރުން ހިމެނެއެވެ. އަދި މަގުތަކުގެ މަރާމާތުގެ މަސައްކަތުގެ ތެރޭގައި މަގުމަތީގެ ވަޅުތައް ރަނގަޅުކުރުމާއި، މަގުމަތީގެ ލައިޓްތައް މަރާމާތުކުރުން ހިމެނެއެވެ.

މި މަސައްކަތްތައް ބެއްލެވުމަށްފަހު މޭޔަރ ވިދާޅުވީ މި މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ރަމަޟާން މަހަށް މާލޭގެ މަގުތަކާއި މިސްކިތްތައް ރަނގަޅު ފެންވަރެއްގައި ބެހެއްޓުމަކީ ސިޓީ ކައުންސިލުގެ އަމާޒެއް ކަމުގައިވެސް ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން މިފަދަ މަސައްކަތްތައް ކުރިއަށްގެންދަނީ ރައްޔިތުންނަށް ފަސޭހަ މާހައުލެއް ޤާއިމްކޮށްދިނުމުގެ މަޤްޞަދުގައެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހު ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސިޓީ ކައުންސިލުން އުންމީދުކުރެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.