އިހުސާންގެ އިތުބާރު ނެތް މައްސަލަ ތާވަލުކޮށްފި

މިނިސްޓަރު އަލީ އިހުސާން

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ.

ވަޒީރަކު ކުރައްވައިގެން ނުވާނެ ކަންތައްތަކެއް ކުރައްވައި އިހުސާން ގާނޫނާ ހިލާފުވެވަޑައިގެންނެވި ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގައެވެ.

އިހުސާންގެ މައްޗަށް އެމްޑީޕީން އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅީ:- ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް އިމިގްރޭޝަނުން ބޭނުން ކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އޮންލައިން އެކްސްޕެޓް ސިސްޓަމެއް ގާއިމު ކޮށްފައިވަނިކޮށް، އެކަން ހުއްޓުވައި، ބްލެކްލިސްޓް ވެފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ބޮޑު އަގުގައި ހަވާލުކުރި ކަމުގެ ތުހުމަތުގައި- ފުލުހުން ކުރާ ތަހްގީގުތަކަށް އިހުސާން ސިޔާސީ ނުފޫޒު ފޯރުވައި ސަރުކާރުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގު ކުރަން ހުރަސް އަޅާ ކަމުގެ ތުހުމަތުގައި- ޑީއެންއާރުގައި ރައްކާކޮށްފައިވާ އާންމުންގެ ޒާތީ މައުލޫމާތު ބޭނުންކޮށް އާންމުންނަށް ނޭނގި ޕީއެންސީއަށް މެންބަރުން އިތުރުކުރި މައްސަލައިގައިއިތުބާރު ނެތް މައްސަލައިގައި އިހުސާން ޖަވާބުދާރީވާން ގަޑިއިރެއް ދޭން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމައިފައެވެ.އިހުސާންގެ އިތުބާރު ނެތް މައްސަލައިގެ އިތުރުން ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރަން ފެށުމަށް ވެސް މާދަމާއަށް ތާވަލުކޮށްފައިވެއެވެ.

ކޮމެންޓް

Newsroom
Phone: +(960) 9330706
Email: newsroom@minutes.mv
Marketing
Phone: +(960) 9330706
Email: marketing@minutes.mv
H.Delas, Sosun magu, Male
Republic of Maldives
© 2024 Minutes Online. All rights reserved.